ENGLISH

28 އޯގަސްޓު 2025

Advertisement

މަރުވެފައި އޮއްވާ ފެނުނީ ނޭޕަލް މީހާކަން ކަށަވަރު ވެއްޖެ: ފުލުހުން

28 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތް

ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނުނީ ނޭޕަލް މީހެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ދިވެހި ފުލުހުން ޚިދުމަތުން މިރޭ ބުނީ އިއްޔެ މަރުވެފައި އޮއްވާ ފެނިފައިވަނީ އޮގަސްޓް 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ނޭޕަލްއަށް ނިސްބަތްވާ ރައުޕަން ތަޕާ މަގަރު (29އ) ކަން ފޮރެންސިކް ތަޙުލީލުތަކުން ވަނީ ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އޭނާ މަރުވުމުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށާ މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު