ENGLISH

28 އޯގަސްޓު 2025

Advertisement

ރައީސް މުޢިއްޒުގެ ޤައުމީ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަނީ ފެންނަމުން: މިނިސްޓަރު ސަޢީދު

27 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ރައީސް އަތޮޅުތެރޭގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށް ވިދާޅުވެ އެކަމުގެ ހެކިތައް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ދައްކަވައިފި އެވެ.

ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގައި ފެށުނު ޤައުމީ ޚިދުމަތްތަކުގެ އެކި ފޮޓޯތަކާއެކު މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުން އެދޭ ކަންކަން ފަހިކޮށްދެއްވުމުގައި ރެއެއް ދުވާލެއް ނެތި ހީވާގިކަމާއެކު ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.

ނަމަވެސް ސިޔާސީ ވާދަވެރީންނަށް އެކިފަހަރު އެކި ކަންކަން ފެންނާނީ އެކި ދުރުމިނުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

“… ‏ޤައުމީތަރައްޤީ ފެށެނީ ވެސް، ނިމެނީވެސް ރައްޔިތުންނާއި ހަމައިން…،” މިނިސްޓަރު ސައީދުގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރުގެ މި ޕޯސްޓްގައި ހިމަނާފައިވާ ރައީސް މުޢިއްޒުގެ ޤައުމީ ޚިދުމަތްތަކުގެ ތެރޭގައި އެއަރ އެމްބިއުލާންސް ތަޢާރަފު ކުރެއްވުމާއި މޯލްޑިވިއަންގެ ޚިދުމަތް ފުޅާކުރައްވާ ބޮޑެތި ބޯޑް ފަހަރު ހޯއްދަވައި ދެއްވުމަށާއި ސިއްޙީ ދާއިރާއަށް ގެންނެވި ބޮޑު ބަދަލާއި ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ މަސައްކަތާއި ހިލޭ އައިނު ލިބޭނެ ޚިދުމަތް ފެއްޓެވުމާއި ދުންފަތުން ސަލާމަތް ވެފައިވާ ޒުވާން ޖީލެއް ބިނާކުރުމަށް ރައީސް ނިންމެވި ވަރުގަދަ ނިންމެވުމުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު