ENGLISH

28 އޯގަސްޓު 2025

Advertisement

ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަން އިޢުލާނު ކޮށްފި

27 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

މަސީޙް ޢަބްދުލް ޙަކީމް

ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަން އިޢުލާނު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މަސީޙް ޢަބްދުލް ޙަކީމް (41އ) ދޫޑިގަން. ފަސީހްއާބާދު / ޏ.ފުވައްމުލައް، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ގެންދަނީ ކުރަމުން ކަމަށެވެ.

މަސީޙް ޢަބްދުލް ޙަކީމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށާއި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެފަހުން ވެފައިވަނީ މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

މަސީޙް ޢަބްދުލް ޙަކީމްއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅާ ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު