ENGLISH
28 އޯގަސްޓު 2025
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރައިން 1161 އައިނު ހައްދައިފި: ސީއީއޯ
27 އޯގަސްޓު 2025
|
އެމްސީޖީއެޗް ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ހުޅުވައި ޚިދުމަތް ދޭން ފެށި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރައިން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 1161 އައިނު ހައްދާފައިވާ ކަމަށް އެމްސީޖީއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އެމްސީޖީއެޗް އޮޕްޓިކަލްސްގެ ފިހާރައެއް ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ހުޅުވާފައެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވިގޮތަށް އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކުގައި އެ ޚިދުމަތް ފައްޓަވާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ބައެއް އެހެން ހޮސްޕިޓަލުތަކާއެކު އެކަމުގެ މަޝްވަރާ ކުރިއަށްދާ ކަމަށް ހަލީމް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޙަލީމް ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒުގެ ދޮޅު އަހަރަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ވަރަށް ކާމިޔާބު ދޮޅު އަހަރެވެ.
އެގޮތުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގެ ތަަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
* އައިޖީއެމްއެޗްގައި ކުޑަކުދީންގެ އީއާރެއް ޤާއިމުކުރުން
* އައިޖީއެމްއެޗްގައި މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގެއް ޤާއިމުކުރުން
* އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުން
* ނެޝަނަލް ފާޓިލިޓީ ސެންޓަރު ޤާއިމުކުރުން
* ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ލެވެލްއަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް
* ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑް ކުުރުން
* ހުޅުމާލެ ހޮސްޕިޓަލްގައި އާ އައިސީޔޫއެއް ޤާއިމުކުރުން
* ހުޅުމާލެ ހޮސްޕިޓަލްގައި އާ އެންއައިސީޔޫއެއް ޤާއިމުކުރުން
* ހުޅުމާލެ ހޮސްޕިޓަލްގައި ހަތަރު އޮޕަރޭޝަން ތިއޭޓަރ ކޮންޕްލެކްސްއެއް ޤާއިމުކުރުން
* ހުޅުމާލެ ހޮސްޕިޓަލްގެ އީއާރު ދެ ގުނަ ބޮޑުކުރުން
* ހުޅުމާލެ ހޮސްޕިޓަލްގައި އާ ޑަޔަލިސިސް ސެންޓަރު ހުޅުވުން
މި ނޫން ވެސް މުހިންމު އެތައް ޚިދުމަތަކާއި މުހިންމު ބަދަލުތަކެއް ގެންނަވާފައިވާކަން ވެސް ޙަލީމް ވަނީ ފާހަގަ ކުރައްވާފައެވެ.