ENGLISH
03 ސެޕްޓެމްބަރު 2025
"ޕާޓާ ޓްރެވަލް މާޓު 2025" ގައި ރާއްޖޭން ބައިވެރިވެއްޖެ
27 އޯގަސްޓު 2025
|
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދާ ޕާޓާ ޓްރެވަލް މާޓު 2025 ގައި ދިވެހިރާއްޖެ ބައިވެރިވެއްޖެ އެވެ.
އޮގަސްޓް މަހުގެ 26 އިން 28 އަށް ކުއީން ސިރިކިތް ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ މި މަޢުރަޒުގައި ދިވެހި ރާއްޖެ ކުރުމުއްދަތުގެ އަދި އަހަރުގެ ކޮންމެ އިރެއްގައިވެސް ދަތުރުކުރެވޭނެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރާނެއެވެ.
ޕާޓާ ޓްރެވަލް މާޓަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެންމެ އިސް ސަފުގައި ހިމެނޭ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިޔަފާރި މައުރަޒުތަކުގެ ތެރެއިން އެއް މައުރަޒެވެ. މި މައުރަޒުން ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ޖަމްޢިއްޔާތަކަށް ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކުރުމާއި ފުރުސަތު ލިބިދެއެވެ.
މި އަހަރުގެ މައުރަޒުގައި 60 އަށްވުރެ ގިނަ ގައުމުން 1،000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. އަދި ދެ ދުވަހުގެ މުއްދަތަށް 30 އަށްވުރެ ގިނަ އެޕޮއިންޓްމަންޓް ސްލޮޓާއި، ފުލް-ޑޭ ނޮލެޖް ފޯރަމްއަކާއެކު ގިނަ ހަރަކާތަކެއް ކުރިއަށްދިޔައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ދިވެހިރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް ސަރަޙައްދީ އަދި ދުނިޔޭގެ ދަތުރުފަތުރުގެ ވިޔަފާރީގެ ބައިވެރިންނަށް ދައްކުވައިދޭނެ އެވެ.
މި އިވެންޓުގައި ބައިވެރިވުމަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވަރުގަދަކުރުމާއި، އެންމެ މަތީ ގިންތީގެ ފަތުރުވެރި ޚިދުމަތްތައް މި މާކެޓުގައި ޕްރޮމޯޓްކުރުމުގެ ސްޓްރެޓެޖީގެ ބައެކެވެ.
ތައިލެންޑަކީ ރާއްޖެއަށް މުހިންމު މާކެޓެކެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް 10,165 ފަތުރުވެރިން ތައިލަންޑުން ޒިޔާރަތްކޮށްފައިވާ އިރު، މުޅި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް 40,061 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.