ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ދަތުރުގެ ފަހު މަންޒިލަކަށް ރައީސް ކުމުންދޫއަށް، އެރަށަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވި

27 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލުގެ ގޮތުގައި ހދ. ކުމުންދޫއަށް ވަޑައިގެން އެރަށަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައިފިއެެވެ. 

އެގޮތުން ރައީސް ވަނީ ހދ. ކުމުންދޫގައި ވެސް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައިފައެވެ.

އޭޓީއެމްގެ ޚިދުމަތް ފަށްޓަވާދެއްވުމަށްފަހު ރައީސް ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާއި ހަވާލުކުރައްވާފައެވެ.

ކުމުންދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. 

މި އޭޓީއެމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ތައާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް ބީއެމްއެލްއާއި ސަރުކާރު ގުޅިގެން ކުރިއަށްގެންދާާ މަޝްރޫއުގެ ތެރެއިން ކުމުންދޫގައި ގާއިމުކުރި އޭޓީއެމެކެވެ. 

މީގެއިތުރުން ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތްްވެސް ފައްޓަވައިދެއްވާފައިވެއެެވެ. 

ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު އަދި ކުމުންދޫ ކައުންސިލުގެ ރައީސްއެވެ.

އޭޓީއެމްގެ ހިދުމަތް ގާއިމްކުރުގެ އިތުރުން އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މި ދެ މަޝްރޫެއުގެ އިތުރުން ހދ. ކުމުންދޫގެ ޕޮލިސް ސްޓޭޝަނާއި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާވެސް އެރަށުގައި ވަނީ އަޅައިފައެވެ. 

ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން، ކުމުންދޫ ކައުންސިލުގެ ރައީސް އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒު ހާސިލުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ސަރުކާރު އެކި ކުންފުނިތަކާ ހަވާލުކޮށްގެން އަންނަނީ ކުރަމުންނެވެ.

ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑ.ީސ.ީޕީ ރޓޔޑ އަޙްމަދު ސަޢުދީއެވެ.

ކިޔުންތެރިންގެ ހިޔާލު