ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ ކުރިނބީއަށް ވަޑައިގެން މަޝްރޫއުތައް ފައްޓަވައިދެއްވައިފި

27 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރިނބީއަށް ވަޑައިގެން މަޝްރޫއުތައް ފައްޓަވައިދެއްވައިފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހދ. ކުރިނބީގެ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތްްވެސް ފައްޓަވައިދެއްވާފައެެވެ. 

އޭޓީއެމްގެ ޚިދުމަތް ފަށްޓަވާދެއްވުމަށްފަހު ރައީސް ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާއި ހަވާލުކުރައްވާފައެވެ.

ކުރިނބީގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. 

ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު އަދި ކުރިނބީ ކައުންސިލުގެ ރައީސްއެވެ.

ކުރިނބީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ވެސް ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު 18 އޮގަސްޓްގައި ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ސެންޓަރެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި، ކުރިނބީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން، ކުރިނބީ ހެލްތު ސެންޓަރުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފައިވެއެވެ. 

ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑ.ީސ.ީޕީ ރޓޔޑ އަޙްމަދު ސަޢުދީއެވެ.

ކުރިނބީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ހެލްތު ސެންޓަރްގެ އައު އިމާރާތުގައި ލެބޯޓްރީއާއި ވޯޑާއި ޕްރޮސީޖަރ ރޫމާއި ނާސިން ސްޓޭޝަނާއި ގަރާޖަކާއި ސްޓޯރޭޖް އޭރިއާއެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއް ޤާއިމުކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މިއީ 1 އަހަރު ދުވަހުގެ މަޝްރޫއެއްކަމަށާއި އައު އިމާރާތް ނިމުމުން 24 ގަޑިއިރު، ޞިއްޙީ ޚިދުމަތް ލިބޭނެކަމަށެވެ.

ހެލްތު ސެންޓަރްގެ އިތުރުން މި ޖަލްސާގެ ތެރެއިން ކުރިނބި ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަޝްރޫއުގައި ވެސް ސޮއިކުރެއްވިއެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޙުސައިން ސައީދު މުހައްމަދު އަދި މި މަޝްރޫއު ހަވާލުކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފަރާތުން މެނެޖިން ޑިރެކްޓަރ އިބްރާހީމް ރައްޒާންއެވެ.

ކިޔުންތެރިންގެ ހިޔާލު