ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ކުޅުުދުއްފުއްޓަށް ބޮޑު ދެ މަޝްރޫޢު: ސިޓީ ހޮޓަލަކާއި އިސްލާމީ މަރުކަޒެއް ބިނާކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

26 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --

ހދ. ކުޅުުދުއްފުށި ސިޓީގައި ބޮޑު ދެ މަޝްރޫޢުއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާ އެ ގޮތުން އެ ސިޓީ ހޮޓަލަކާއި އިސްލާމީ މަރުކަޒެއް ބިނާކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޅުދުއްފުށީގައި އިޤްތިސާދީ ފައިދާ ލިބޭނެ ފުރުސަތުތައް ފަހިކޮށް ދެއްވުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އެގޮތުން އެ ރަށުގައި ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތް ކުރަން ރާއްވަވާފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެއާޕޯޓާއި އިންވެގެން އޮތް ބިން ކައުންސިލުން ހަވާލުކުރިހާ އަވަހަށް އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެ ގޮތުން އެ ފުރުސަތު ފަހިވިހާ އަވަހަކަށް ސިޓީ ހޮޓަލެއް އެޅުމަށް ހުޅުވާލައްވާނެ ކަމަށް ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގެ މަސައްކަތް މި އަހަރު

މީގެ އިތުރުން ރައީސް ވަނީ އެ ސިޓީގައި އިސްލާމީ މަރުކަޒެއް ޤާއިމުކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެ މަސައްކަތް މި އަހަރުތެރޭ ފައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހޭންޑް ބޯލް ސްޓޭޑިއަމާއި ސިންތެޓިކް ޓްރެކްގެ މަޝްރޫޢު

މީގެ އިތުރުން އެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޓޯނަމަންޓަށް އަމާޒުކުރައްވައިގެން ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ޤާއިމުކުރައްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެއީ އެއް ފަހަރާ 500އެއްހާ މީހުންނަށް އަދި ވީއައިޕީ ބޮޑު އޭރިޔާއެއް ހިމެނިހެން ތަރައްޤީ ކުރާނެ ސްޓޭޑިއަމެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު ހުއްޓިފައިވާ ސިންތެޓިކް ޓްރެކްގެ މަޝްރޫއު އިތުރަށް ލަސްކުރުމަށް ފުުރުސަތު ނުދީ އެންމެ ލަސްވެގެން މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ފެށޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު