ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އުފާވެރި ޚަބަރެއް: މިޔަރުގެ މަސްވެރިކަމަށް ނޮވެމްބަރުގައި ހުއްދަ ދެނީ

26 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގައި މިރޭ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަދޭން ނިންމާފައިވާ ކަމަށާ އެ ހުއްދަ އަންނަ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން މިރޭ އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވެވި ޖަލްސާ އެކެވެ.

ކުޅުދުއްފުށީގެ ވަރަށް ގިނަ ބަޔަކީ މިޔަރުގެ މަސްވެރިކަމުން ވަރަށް ބޮޑު އާމްދަނީއެއް ހޯދަމުން އައި ބައެކެވެ. ނަމަވެސްެ މިޔަރުގެ މަސްވެރިކަން މަނާކުުރުމުން އާމްދަނީ ލިބޭނެ މަގު ބަންދުވީ އެވެ. އެއީ ކުޅުދުއްފުށީގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިޔަރުގެ މަސްވެރިކަން މަނާކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން މެނޭޖްމަންޓް ޕްލޭނެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ. އަދި އެ ހުއްދަ ދިނުމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާ އެންވަޔަރމަންޓް މިނިސްޓްރީ މަޝްވަރާކޮށް ކުރަން ޖެހޭ ކަންކަން ކޮށް ނިމިފައިވާ ކަމަށެވެ.

"މި މެނޭޖްމަންޓް ޕްލޭންގެ ދަށުން 1 ނޮވެންބަރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން," މިޔަރުގެ މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކުން އެކަމަށް ތައްޔާރުވުމަށް ގޮވާލާ ރައީސް މިރޭ އިއުލާނު ކުރެއްވި އެވެ.

ރައީސް ވިދާޅުވީ މިއީ ހުޅުވާލަދޭ ވަރަށް މުހިންމު ދޮރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު