ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ކުޅުދުއްފުށީ އެއަރޕޯޓް ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށައިފި

26 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ހދ. ކުޅުދުއްފުށި ސިޓީ އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށައިފި އެވެ.

މި މަޝްރޫޢު ފެށުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއަށް މިއަދު ވަޑައިގެންނެވެ. ރައީސް ޝަރަފުވެރިކޮށް ދެއްވި މި ރަސްމިއްޔާތު އޮތީ ކުޅުދުއްފުށި އެއަރޕޯޓް ސަރަޙައްދުގަ އެވެ.

މި ރަސްމިއްޔާތުގައި ވަނީ ކުޅުދުއްފުށި ސިޓީ އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރުމާއި އައު އިމާރާތުގެ ބިންގާ އަޅާފަ އެވެ. ބިންގާ އަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ.

ކުރީން ރީޖަނަލް އެއަރޕޯޓުން ހިންގި ކުޅުދުއްފުށި އެއަރޕޯޓް ދެން ހިންގާނީ އެމްއޭސީއެލް އިންނެވެ. އެ އެއަރޕޯޓް ތަަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު