ENGLISH
03 ސެޕްޓެމްބަރު 2025
މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމައިފި
26 އޯގަސްޓު 2025
|
މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސްގެ އޮފީސް
މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އުވާލުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައި ކަމަށެވެ.
އެހެން ކަމުން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅައި ނިންމުމަށް ވަނީ އަންގާފަ އެވެ.
އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕާޓީއެކެވެ. އެ ޕާޓީގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ އަދަދަށް 3,000 މެންބަރުން ހަމަނުވެ އެވެ. އެ ޕާޓީގައި މިހާރު ހިމެނެެނީ 2272 މެންބަރުންނެވެ.