ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާތީ އެކަމަށް ހައްލެއް ހޯދަން ސަރުކާރާއި ގުޅިގެން މަސައްކަތްކުރަން ޝައުގުވެރިކަން ފާޅުކޮށްފި

26 އޯގަސްޓު 2025

|

ޝާމަ ޝުޢައިބު

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން

ހދ. ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާތީ އެކަމަށް ހައްލެއް ހޯދަން ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެ ރަށު ކައުންސިލުން ފާޅުކޮށްފިއެވެ. 

އެ ރަށު ކައުންސިލުން މިކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވި ބައްދަލުވުމުގައެވެ. 

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބަނދަރު އިތުރަށް ބޮޑުކުރުމާއި، ބަނދަރުގެ މަސައްކަތުގެ ސްޕީޑް އަވަސްކޮށްދިނުމާއެކު ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުން ހިމެނެއެވެ.

މީގެ އިތުރުން ސްކޫލްގެ މަރާމާތާއި ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، މަލްޓިޕަރޕަސް ހޯލެއް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް ރަށުގައި ޒަމާނީ ފެންވަރުގައި، ކުނި މެނޭޖްކުރާ ސެންޓަރެއް ގާއިމުކޮށްދެއްވުމަށް ވެސް އެ ބޭފުޅުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ، ރަށު އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށާއި ރަށުގައި އޮޑި އެހެލާ ސަރަހައްދެއް ހައްދަވައިދެއްވުމުގެ އިތުރުން ރަށުގައި މޫދަށް އެރިލާނެ ސަރަހައްދެއް ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު