ENGLISH
03 ސެޕްޓެމްބަރު 2025
ވައިކަރަދޫ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކޮށްދޭން އެދިއްޖެ
26 އޯގަސްޓު 2025
|
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން
ހދ. ވައިކަރަދޫ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ކަރަންޓު ވިއުގަ އައު ކޮށްދޭން އެރަށު ކައުންސިލުން ރައީސް އަރިހުގައި އެދިއްޖެ އެވެ.
ކައުންސިލުން މިފަދައިން އެދުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވައިކަރަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވައިކަރަދޫގައި ހައުސިންގ ޔުނިޓް އެޅުމާއި ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ރަށު ސްކޫލަށް ބޭނުންވާ 12 ކްލާސްރޫމް އަވަސް ފުރުސަތެއްގައި ނިންމަވައިދެއްވުމަށާއި ކުނި ނައްތާލުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި ރަށްވެހި އިމާރާތް މަރާމާތުކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިފައިވެއެވެ.
މީގެ އިތުރުން ވައިކަރަދޫއިން އަލަށް ގޯތި ދޫކުރި ސަރަހައްދާއި ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓު، ވީހާ އަވަހަކަށް ފޯރުކޮށްދިނުމަށާއި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް އެރަށުގައި ގާއިމުކޮށްދިނުމަށް ވެސް ކައުންސިލްގެ ފަރާތުން ވަނީ އެދިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.