ENGLISH
03 ސެޕްޓެމްބަރު 2025
"ޑރ ޕެޕާ" ނުވިއްކުމަށާއި ނައްތާލަން އަންގައިފި
26 އޯގަސްޓު 2025
|
ސޮފްޓް ޑްރިންކެއް ކަަމަށްވާ "ޑރ ޕެޕާ" ނުވިއްކުމަށާއި ނައްތާލަން އަންގައިފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނީ އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ "ޑރ ޕެޕާ" ގައި ހުންނަން ޖެހޭ މިންވަރަށް ވުރެ "ބެންޒޮއިކް އެސިޑް" އިތުރުވުމުގެ ސަބަބުން މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އަންގާ ކަމަށެވެ.
މި އުފެއްދުން ރާއްޖޭއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ރާއްޖެއަށް އެތެރެނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ.