ENGLISH
03 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީގައި ބީއެމްއެލްގެ އިތުރު ބްރާންޗެއް އަދި ވޭސްޓްމެނޭޖްމަންޓް މަރުކަޒެެއް އަޅަނީ
26 އޯގަސްޓު 2025
|
ހދ. ކުޅުދުއްފުށި ސިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިތުރު ބްރާންޗަކާއި ވޭސްޓްމެނޭޖްމަންޓް މަރުކަޒެެއްގެ ބިންގާ އަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ރަށުގައި ވަނީ މުހިންމު މަޝްރޫޢުތަކެއް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
އެގޮތުން އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިތުރު ބްރާންޗަކާއި ވޭސްޓްމެނޭޖްމަންޓް މަރުކަޒެެއްގެ ބިންގާ ވަނީ އަޅާފަ އެވެ. ބޭންކް އޮފް މޯލްޑިވްސްގެ އައު ބްރާންޗްގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ކުޅުދުއްފުށީ ވޭސްޓްމެނޭޖްމަންޓް މަރުކަޒެެއްގެ ބިންގާ އަޅުއްވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރމަންޓް މިނިސްޓަރު ތާރިޤް އިބްރާހިމެވެ.