ENGLISH
03 ސެޕްޓެމްބަރު 2025
ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފޭސް ފަށައިފި
26 އޯގަސްޓު 2025
|
ހދ. ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފޭސް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފޭސް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުޅުދުއްފުއްޓަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މަގު ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފޭސް ރަސްމީކޮށް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.
އުތުރުގައި ޢުމްރާނީ ތަރައްޤީ އެންމެ ބޮޑު އެއް ރަށަކީ ކުޅުދުއްފުށި ސިޓީ އެވެ. އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދެ ފިޔަވަހި މިހާރު ވަނީ ނިމިފަ އެވެ.