ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި ސިއްހީ މަރުކަޒާ އެކު އިތުރު މަޝްރޫއުތަކެއް

26 އޯގަސްޓު 2025

|

ހަސަން އާމިރު

ހދ. ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައި ދެއްވައި އެ ރަށުގެ ސިއްހީ މަރުކަޒާ އެކު އިތުރު މަޝްރޫއުތަކެއް ވެސް ފަށައިފި އެވެ.

ހދ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ނޭކުރެންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމަށް ފަހު ރައީސް ވަނީ އޭޓީއެމްގައި ބޭނުންކުރެއްވި ކާޑު އެ ރަށު ކައުންސިލަށް ހަދިޔާކުރައްވާފައެވެ.

އެ ރަށުގެ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ ބައިގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު އާއި މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަފީގު އަދި ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖެވެ.

މީގެ އިތުރުން ނޭކުރެންދޫގައި މިއަދު ވަނީ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައި ހޭންޑްބޯލް ކޯޓު ހުޅުވައިފަ އެވެ. ފިޓްނެސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލައްމާނެވެ.

ނޭކުރެންދޫ ހޭންޑްބޯލް ކޯޓު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ނޭކުރެންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ބޭއްވި ބައްދަލުވުމުގައި ވަނީ ނޭކުރެންދޫ ސްވިމިން ޕޫލް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު