ENGLISH
03 ސެޕްޓެމްބަރު 2025
ރައީސް، މަކުނުދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރީންނާއި ބައްދަލުކުރައްވައިފި
26 އޯގަސްޓު 2025
|
ރައީސް، މަކުނުދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރީންނާއި ބައްދަލުކުރެއްވުން --
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު މަކުނުދޫ ކާނި މާލަމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، މަކުނުދޫ އެއާރޕޯޓުގެ މަސައްކަތާއި އެރަށުގައި މިއަދު ބިންގާ އެޅުނު މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވި އެވެ. މީގެއިތުރުން ކައުންސިލުން ވަނީ އިންޖީނުގޭގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
އަދި މަކުނުދޫގައި މިހާރު ހަދަމުންދާ ހޭންޑްބޯލް ކޯޓުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން މަކުނުދޫ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އެ ކައުންސިލަށް އައު އިމާރާތެއް ބޭނުންވާކަންވެސް ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ރަށުގައި ސޯޝަލް ހައުސިންގ ޔުނިޓް ގާއިމުކޮށްދެއްވުމަށްވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފަ އެވެ.