ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ޓިކްޓޮކް ލައިވް އެއްގައި ކުއްޖަކާ ބެހޭގޮތުން ހުތުރު ވާހަކަތަކެއް ދެއްކި މައްސަލައެއް ބަލަނީ

26 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ޓިކްޓޮކް ލައިވް އެއްގައި 13 އަހަރުގެ އަންހެން ކުއްޖެއްގެ ފޮޓޯ ދަައްކައި އެ ކުއްޖާއާ ގުޅޭގޮތުން ހަޑިހުތުރު ވާހަކަތަކެއް ދައްކައި އަދި އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ވާހަކަތަކެއް ދައްކާފައިވާ މައްސަލައެއް ދިވެހި ފުލުުހުންގެ ޚިދުމަތުން ބަލަން ފަށައިފި އެވެ.

އެކަން ޔަޤީންކޮށްދީ ފުލުހުން މިއަދު ބުނީ މި މައްސަލަ އޮގަސްޓް 23 ވަނަ ދުވަހު ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް މައްސަލައިގެ ތަހުޤީޤަށް ތުހުމަތު ކުރެވޭ މީހާގެ މޮބައިލް ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

އަންހެން ކުއްޖެއްގެ ފޮޓޯ ދައްކާ އެ ކުއްޖާއާ ގުޅޭގޮތުން ހަޑިހުތުރު ވާހަކަތަކެއް ދައްކައި އަދި އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ވާހަކަތަކެއް ދެއްކީ ދިވެހި ފިރިހެނެކެވެ. އޭނާ އެކަން ކުރީ އަންހެން ކުއްޖާގެ މަންމައާ ޖެހުނު މައްސަލައެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު