ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ވައިކަރަދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

26 އޯގަސްޓު 2025

|

ހަސަން އާމިރު

ވައިކަރަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. --ފޮޓޯ: ރައީސް އޮފީސް

ވައިކަރަދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވައިކަރަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި އެ ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަަަދި މަސަައްކަތް ކުރިއަށް ގެންދާ އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ. 

ވައިކަރަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ އެ ރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެ މަޝްރޫޫއު ކުރިއަށް ދާއިރު ރަށުގައި މޫދަށް އެރޭނެ ތަނަކާއި ފަތާ ޓްރެކެއް ވަކިން ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވައިކަރަދޫގައި މިއަދު ވަނީ އޭޓީއެމްގެ ޚިދުމަތް ވެސް ރައީސް ފައްޓަވައިދެއްވައިފަ އެވެ. އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމަށް ފަހު ރައީސް ވަނީ އޭޓީއެމްގައި ބޭނުންކުރެއްވި ކާޑު އެ ރަށު ކައުންސިލަށް ހަދިޔާކުރައްވާފައެވެ. 

ވައިކަރަދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ބުންޏެވެ. އަދި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް މި އޭޓީއެމުން ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.  

ކިޔުންތެރިންގެ ހިޔާލު