ENGLISH
03 ސެޕްޓެމްބަރު 2025
ވައިކަރަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
26 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވައިކަރަދޫއަށް ވަޑައިގެން އެ ރަށުގެ އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ.
އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމަށް ފަހު ރައީސް ވަނީ އޭޓީއެމްގައި ބޭނުންކުރެއްވި ކާޑު އެ ރަށު ކައުންސިލަށް ހަދިޔާކުރައްވާފައެވެ.
ވައިކަރަދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ބުންޏެވެ. އަދި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް މި އޭޓީއެމުން ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މި އޭޓީއެމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ތައާރަފުކުރެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް ބީއެމްއެލްއާއި ސަރުކާރު ގުޅިގެން ކުރިއަށްގެންދާާ މަޝްރޫއުގެ ތެރެއިން މައިކަރަދޫގައި ގާއިމުކުރި އޭޓީއެމެކެވެ.