ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން އުޅޭ ބިދޭސީ މީހާ ކަމަށް ބެލެވޭ: ފުލުހުން

26 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ހުޅުމާލެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަޙައްދުން މަރުވެފައި އޮތް މީހާ އަކީ މި  މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ކަމަށް ބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ފިރިހެނެއް ކަމަށާއި، ނަމަވެސް މި ވަގުތާ ހަމައަށް އޭނާއަކީ ކާކުކަން ޔަގީންކަމާ އެކު ދެނެގަނެވިފައި ނުވާ ކަމަށެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ކާކުކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މަރުވެފައި އޮތް މީހަކު ފެނިފައިވަނީ ހުޅުމާލެ ވޯޓަރ ތީމްޕާކު ސަރަހައްދުގެ އަތިރިމަތިން ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން ގެންދަވަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.  

ކިޔުންތެރިންގެ ހިޔާލު