ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރައީސް، ނޮޅިވަރަމްފަރު ކައުންސިލާއި މުއައްސަސާތަކުގެ ވެރީންނާއި ބައްދަލުކުރައްވައިފި

25 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ރައީސް، ނޮޅިވަރަމްފަރު ކައުންސިލާއި މުއައްސަސާތަކުގެ ވެރީންނާއި ބައްދަލުކުރެއްވުން --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިރޭ ނޮޅިވަރަންފަރު ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން ރަށްގިރާ ސަރަޙައްދު ހިމާޔަތްކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމާއި މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން އަވަސްކޮށްދެއްވުން ހިމެނެ އެވެ. މީގެ އިތުރުން ދަނޑުވެރިންނަށް ކަރަންޓު ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމާއި ރަށުގެ ޒުވާނުންނަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ވޮލީ ކޯޓެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.

އަދި ނޮޅިވަރަންފަރު ފަޅުތެރޭގައި، ގިރައިގެންގޮސްފައިވާ ފިނޮޅު ރަށު ރައްޔިތުން ޕިކްނިކު ދާނެ ރަށެއްގެ ގޮތުގައި ތަރައްޤީކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށަށް ސީ އެމްބިއުލަންސެއްގެ ބޭނުން ބޮޑުވެފައިވާކަން ހިމެނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު