ENGLISH
03 ސެޕްޓެމްބަރު 2025
ޓޫރިޒަމް ވިޔަފާރިވެރިޔާ ކެރަފާ އަބްދުލްޣަނީ އަވަހާރަވެއްޖެ
25 އޯގަސްޓު 2025
|
ކެރެފާ ޣަނީ
ދިވެހި ފަތުރުވެރިކަމުގެ މަޝްހޫރު ވިޔަފާރިވެރިޔާ ކެރަފާ އަބްދުލްޣަނީ އަވަހާރަވެއްޖެ އެވެ.
ޣަނީ އަވަހާރަވީ މިއަދު ބެންކޮކުގަ އެވެ. އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އުމުރުން 86 އަހަރުގައި ޣަނީ އަވަހާރަވީއިރު އޭނާ އަކީ ދިވެހި ފަތުރުވެރިކަމުގައި މަޝްހޫރު ނަމެކެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި, ކްރައުން ކުންފުނި އުފެއްދެވި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޣަނީ އަކީ ހުޅުމާލޭގައި ހިންގާ ޓްރީޓޮޕް ހޮސްޕިޓަލްގެ ވެސް ހިއްސާދާރެކެވެ.
ޣަނީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބެ އެކެވެ. ޣަނީ އަވަހާރަވުމާއި ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެރަފާ އަބްދުލްޣަނީ އަކީ ރާއްޖޭގައި އިލެކްޓްރިފިކޭޝަނާއި ޓޫރިޒަމާއި ވޮކޭޝަނަލް ޓީޗިން ފަދަ ދާއިރާތަކުގެ ނުހަނު ބޮޑު ހިދުމަތްތެރިއެއް ކަމަށެވެ.