ENGLISH
03 ސެޕްޓެމްބަރު 2025
ނޮޅިވަރަމްފަރުގައި ޓޫރިޒަމަށް ޚާއްސަ ބިމާއި އެ ރަށުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް ކައުންސިލާ ހަވާލުކޮށްފި
25 އޯގަސްޓު 2025
|
ނޮޅިވަރަމްފަރުގައި ޓޫރިޒަމަށް ޚާއްސަ ބިމާއި އެ ރަށުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް ކައުންސިލާ ހަވާލުކުރުން --
ހދ. ނޮޅިވަރަމްފަރުގައި ޓޫރިޒަމް ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ބިން, މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔރަމަންޓުން ވަކިކޮށް އަދި އެ ރަށުގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓް ކައުންސިލާ ހަވާލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި މިރޭ ވަނީ ނޮޅިވަރަމްފަރަށް ވަޑައިގެންފަ އެވެ. އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނޮޅިވަރަމްފަރުގައި ޓޫރިޒަމް ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ބިން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔރަމަންޓުން ވަކިކޮށް އެ ރަށު ކައުންސިލާއި ވަނީ ހަވާލުކޮށްފަ އެވެ.
އަދި އެ ރަށުގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓް ކައުންސިލާ ހަވާލުކޮށްފަ އެވެ. ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ ގޮތުން ކައުންސިލަށް ވަނީ ހަނދާނީ ފިލައެއް އަރުވާފަ އެވެ.
ހދ. ނޮޅިވަރަންފަރު ގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓް ލިބޭ މީހުން ވަނީ ކަނޑައަޅާފަ އެެވެ.