ENGLISH
03 ސެޕްޓެމްބަރު 2025
ނޮޅިވަރަމްފަރުގައި ފަސް މަޝްރޫޢުއެއް ފައްޓަވައިފި
25 އޯގަސްޓު 2025
|
ހދ. ނޮޅިވަރަމްފަރުގައި މުހިންމު ފަސް މަޝްރޫޢުއެއް ވަނީ ފައްޓަވާފައި -- ފޮޓޯ: ރައީސް އޮފީސް
ހދ. ނޮޅިވަރަމްފަރުގައި މުހިންމު ފަސް މަޝްރޫޢުއެއް ފައްޓަވައިފި އެވެ.
ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ދަތުރުފުޅުގައި ނޮޅިވަރަންފަރަށް ވަޑައިގެންނެވީ މިރެ އެވެ. އެ ރަށުގެ ރައްޔިތުންނާއި ބަައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި މުހިންމު ފަސް މަޝްރޫޢުއެއް ވަނީ ފައްޓަވާފަ އެވެ.
އެއީ ނޮޅިވަރަންފަރު ހެލްތް ސެންޓަރު އެކްސްޓެންޝަންގެ މަޝްރޫޢު އާއި ނޮޅިވަރަންފަރު ސުކޫލުގެ މަލްޓި-ޕަރޕަސް ހޯލާއި ޢުމްރާނީ ވަސީލަތްތައް ތަަރައްޤީ ކުރުމުގެ މަޝްރޫޢު އާއި ނޮޅިވަރަންފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އާއި ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު އާއި އެ ރަށު ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަޝްރޫޢު އެވެ.
ނޮޅިވަރަންފަރު ހެލްތް ސެންޓަރު އެކްސްޓެންޝަންގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަށެވެ. ނޮޅިވަރަންފަރު ސުކޫލުގެ މަލްޓި-ޕަރޕަސް ހޯލާއި ޢުމްރާނީ ވަސީލަތްތައް ތަަރައްޤީ ކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ. ނޮޅިވަރަންފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ އާރުޑީސީއާ އެވެ.
އަދި އެ ރަށު ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާ އެވެ.