ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ކ. ހުރާގައި ބޭއްވި އުރީދޫ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ބާކީ ހޯދައިފި

25 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

ކ. ހުރާގައި ކުރިއަށްގެންދިޔަ އުރީދޫ މަސްރޭސްގެ ތެރެއިން. --ފޮޓޯ: އުރީދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސް އިން ބޭއްވީ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ބާކީ ހޯދައިފިއެވެ.

މި މަހުގެ 22 ވަނަ ދުވަހު ކ. ހުރާގައި ކުރިއަށްގެންދިޔަ މަސްރޭހުގައި ގްރޭޓަރ މާލޭ ސަރަހައްދުން 19 ޓީމެއް ވަނީ ވާދަކޮށްފައެވެ.

ހުރާގައި ބޭއްވި މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ބާކީ ހޯދީ ޖުމްލަ 544.5 ޕޮއިންޓާއެކު އެވެ. މިއާއެކު، އެ ޓީމުން ވަނީ 25،000ރ. (ފަންސަވީސް ހާސް ރުފިޔާ) ގެ އަގުހުރި އިނާމު ހޯދައިފައެވެ.

ދެވަނައިގައި ނިންމާލި ޓީމް ނޮރަ ވަނީ 489.8 ޕޮއިންޓާއެކު، 10،000ރ. (ދިހަ ހާސް ރުފިޔާ) ހޯދައިފައެވެ. ތިންވަނަ އަށް ދިޔައީ، 370 ޕޮއިންޓާއެކު ޓީމް އަނަންތަރާ އެވެ. އެ ޓީމުން ވަނީ 5،000ރ. (ފަސް ހާސް ރުފިޔާ) ގެ ފައިސާ އިނާމު ހޯދައިފައެވެ.

ކ. ހުރާގައި ކުރިއަށްގެންދިޔަ އުރީދޫ މަސްރޭހުގެ އެންމެ މޮޅު ފިރިހެން މަސްވެރިއަކަށް ހޮވުނު ފަރާތަށް އިނާމުދެނީ. --ފޮޓޯ: އުރީދޫ މޯލްޑިވްސް

މަސް ރޭހުގެ ޚާއްޞަ އެވޯޑްތައް ލިބުނު ފަރާތްތަކަށް ބަލާއިރު، އެންމެ ބަރު މަސް ބޭނީ ޓީމް އަނަންތަރާގެ މަލާޒް އެވެ. އޭނާ އަށް މި އެވޯޑް ލިބުނީ 20.6 ކިލޯގެ ފާނައެއް ބާނައިގެންނެވެ. އެންމެ މޮޅު ފިރިހެން މަސްވެރިއަކަށް ހޮވުނީ ކްލަބް އެމްޓީސީސީގެ ޒިޔާދެވެ. މުޅިއެކު 36 މަސް ބާނައިގެން ޒިޔާދު މި މަޤާމު ހާސިލްކުރުމުން ވަނީ ހައި ފިޝިންގ އިން ސްޕޮންސަރކޮށްފައިވާ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް / ގޭންގްސްޓާ (އެޗް/ޑީ) ދޮށްޓެއް ލިބިފައެވެ.

ހުރާގައި ކުރިއަށްގެންދިޔަ މަސްރޭހުގެ އެންމެ މޮޅު އަންހެން މަސްވެރިއަކަށް ހޮވުނީ 7 މަސް ބާނައިގެން ސްޓެލްކޯ ކަނބަލުންގެ ޓީމުގެ އަމީނާ އެވެ. އޭނާ އަށް ވެސް ހައި ފިޝިންގ އިން ސްޕޮންސަރކޮށްފައިވާ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާރ (އެޗް/ޑީ) ދޮށްޓެއް ލިބިފައެވެ.

މި ފަހަރު އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މަސްރޭސް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކ. ހުރާ އާއި ށ. ފުނަދޫ ގައެވެ. އެގޮތުން، މިއަހަރު ކުރިއަށްގެންދާ އުރީދޫ މަސްރޭހުގެ 16 ވަނަ އެޑިޝަން ކަމަށްވީއިރު، އުރީދޫ މަސްރޭހަކީ ދިވެހި މުޖުތަމަޢުގައި މަގުބޫލުކަން ހޯދާފައިވާ އެއްބައިވަންތަކަމާއި ސަގާފަތާއި މަސްވެރިކަމަށް އޮތް ޝައުގުވެރިކަން ދައްކުވައިދޭ ރޭހެކެވެ.

ކިޔުންތެރިންގެ ހިޔާލު