ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އެސް.އޯ.ޖީ.އެމް ވަރކްޝޮޕް ސީޒަން 3 ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން

02 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

"އެމްބްރޭސިންގ ވެލްނަސް: އަ ހޯލިސްޓިކް އެންޑް އެވިޑެންސް ބޭސްޑް އެޕްރޯޗް ޓު އަންޑަރސްޓޭންޑިންގ އެންޑޯމެޓްރިއޯސިސް އިން ލައިޓް އޮފް ކަރަންޓް ރީސަރޗް" ގެ ނަމުގައި، ސޮސައިޓީ އޮފް އޮބްސްޓެޓްރީޝަންސް އެންޑް ގައިނަކޮލޮޖިސްޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ބޭއްވި ސިލްސިލާ މަސައްކަތު ބައްދަލުވުމުގެ ތިންވަނަ އެޕިސޯޑު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފި. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ދިރާސާ ކުރުމާއި، ލަސްނުކޮށް ފަރުވާދިނުމަށް އިސްކަންދެއްވުން މުހިންމުކަމުގައި ވިދާޅުވި. އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ފަރުވާދިނުމުގައި ހުރި ފުރުޞަތުތަކާއި، ބަލި ދެނެގަތުމުގެ އުކުޅުތަކާއި، އެންމެ ފަހުގެ ދިރާސާތަކާމެދު ހޭލުންތެރިވުމަކީ ފަންނީ ބޭފުޅުންގެ މައްޗަށް އޮތް އިޚުތިޔާރެއް ނޫންކަމަށާއި، އެއީ ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެފަ. އެންޑޯމެޓްރިއޯސިސް ބަލި ތަހައްމަލުކުރަމުންދާ އަންހެނުންގެ ވިލުންތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެފަދަ އަންހެނުން ފަންނީ އަދި ގެވެށި ޒިންމާތައް އަދާކުރަމުންދަނީ ހަމަހިމޭންކަމާއެކު އިންތިހާ ވޭން ތަހައްމަލުކުރަމުންކަން އެކަމަނާ ފާހަގަކުރެއްވި. އެންޑޯމެޓްރިއޯސިސްގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ އުނދަގޫތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވަނީ، އެ ބަލި ދެނެނުގަނެވުމާއި، މައްސަރުކަންތަކާ ގުޅިގެން އޮންނަ ތަޢައްޞަބުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ. ދުރާލައި ބަލި ދެނެގަނެވުމާއި، އޯގާތެރިކަމާއެކު ފަރުވާދިނުމާއި، މުޖުތަމަޢު ހަރަކާތްތެރިކުރުވުމުގެ މުހިންމުކަންވެސް އެކަމަނާ ފާހާގަކުރެއްވި.

ކިޔުންތެރިންގެ ހިޔާލު