ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރައީސް، ނޮޅިވަރަމް ކައުންސިލާއި މުއައްސަސާތަކުގެ ވެރީންނާއި ބައްދަލުކުރައްވައިފި

25 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ރައީސް، ނޮޅިވަރަމް ކައުންސިލާއި މުއައްސަސާތަކުގެ ވެރީންނާއި ބައްދަލުކުރެއްވުން --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު ނޮޅިވަރަމު ކައުންސިލް އިދާރާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމާއި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުމާއި ރަށުގެ އެކި މަސައްކަތްތަކާއި އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެހެން ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުން ހިމެނެ އެވެ.

މީގެ އިތުރުން ރަށު ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރޭގައި ޑެންޓަލް އަދި އެކްސްރޭ ގެ ޚިދުމަތް ފެށުމަށް ބޭނުންވާކަން މި ބައްދަލުކުރެއްވުމުގައި ފާހަގަ ކުރައްވާފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ބައްދަލްކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު