ENGLISH
03 ސެޕްޓެމްބަރު 2025
ދައުރުން ބޭރު ޖަލްސާއެއް އަންނަ ބުދަ ދުވަހު ބާއްވަނީ
25 އޯގަސްޓު 2025
|
މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --
ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިިފި އެވެ.
ރައްޔިތުންގެ މަަޖިލީހުގެ އިދާރާ އިން ބުނީ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. ޖަލްސާ އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ދައުރުން ބޭރުގައި ބާއްވާ ޖަލްސާގެ އެޖެންޑާ ފަހުން އިޢުލާނުކުރާނެ ކަމަށެވެ.
ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ހުށައެޅީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުންނެވެ. އެނގިފައިވާ ގޮތުގައި މި ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މެންބަރަކު އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެޗްއާރުސީއެމްގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވާފަ އެވެ. އެ ނަންތައް ދިރާސާކުރުމަށް ފަހު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމާފައި ވަނީ އެ ތިން ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށެވެ.