ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރައީސް، ނާވައިދޫ ކައުންސިލާއި ބައްދަލު ކުރައްވައިފި

25 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ރައީސް، ނާވައިދޫ ކައުންސިލާއި ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ނައިވާދޫ ސްކޫލުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތްދާގޮތާމެދު ހިތްހަމަޖެހޭކަން ފާޅުކުރައްވާފަ އެވެ. އަދި ކައުންސިލްގެ ފަރާތުން ވަނީ އެ ރަށުގެ ބަނދަރު ގެ މަޝްރޫޢަށް އިތުރު ބަދަލުތަކެއް ގެނައުމަށް ހުށައަޅުއްވާފަ އެވެ. މީގެއިތުރުން ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށާއި ޞިއްޙީ މަރުކަޒުގައި އެމްބިއުލެންސެއް ނެތުމުގެ ކަންބޮޑުވުން އެބޭފުޅުން ފާހަގަކުރެއްވި އެވެ. އަދި ރަށުގެ އިންޖީނުގެއާއި ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އިތުރު ޖަނަރޭޓަރެއް ހޯދުމުގެ މުހިންމުކަން މެންބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިވާދޫ ސްކޫލްގެ ފަރާތުން، ސްކޫލްގެ ޖާގައިގެ ދަތިކަމާއި އަދި މުވައްޒަފުންގެ ދަތިކަން ޙިއްޞާކުރައްވައި އެ ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން ރަށުގައި ސްޕޯޓްސް ފިޝިންގއަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށް ޚާއްޞަކުރެވިގެން ރަށް ކައިރީގައި ސްޕޯޓްސް ފިޝިންގއަށް ޚާއްޞަ ކަނދުފައްޗެއް އަޅުއްވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު