ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ނޮޅިވަރަމުގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ފުލުހުންގެ މަރުކަޒަކާއި ކައުންސިލް އިމާރާތެއް

25 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ނޮޅިވަރަމުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުން. ފޮޓޯ: ރައީސް އޮފީސް

ހދ. ނޮޅިވަރަމުގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ފަށައި، މުހިއްމު ދާއިރާތަކުގެ މަޝްރޫޢުތައް ހިންގަން، ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 

ނޮޅިވަރަމުގައި މަޝްރޫޢުތައް ފައްޓަވައިދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. 

މީހުން ދިިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިން ޚިދުމަތް ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން ނޮޅިވަރަމުގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. 

އޭޓީއެމް ޚިދުމަތުގެ އިތުރުން އެރަށުގައި ދެ ދާއިރާއެއްގެ މަޝްރޫޢުތަކުގެ ބިންގާ ވަނީ އަޅައިފައެވެ. އެއީ ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުމާއި، ކައުންސިލް އާ އިމާރާތުގެ ބިންގާ އެޅުމެވެ. 

ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމާއެކު، ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ރަށްރަށުގައި ގާއިމުކުރަމުންނެވެ. އަދި، ބާވެފައިވާ ކައުންސިލް އިދާރާތައް މަރާމާތުކުރުމާއެކު، އަލަށް ކައުންސިލް އިމާރާތްތައް އެޅުމަކީވެސް ސަރުކާރުގެ ވައުދެކެވެ. 

ކިޔުންތެރިންގެ ހިޔާލު