ENGLISH

05 ނޮވެމްބަރު 2025

Advertisement

ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

25 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ނާވައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ރައީސް އޮފީސް

ހދ.ނައިވާދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ނައިވާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ. 

މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފިނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައުދީއެވެ. 

އެ ރަށު ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ މި މަޝްރޫއަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ސަރުކާރުން ކުރިއަށްގެންދާނެ މަޝްރޫއެއް ކަމުގައި ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ސަބަބުން ނާވަައިދޫގެ އިގުތިސާދީ ކުރިއެރުމަށް މަގުފަހިވެ، ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު