ENGLISH

05 ނޮވެމްބަރު 2025

Advertisement

ހަނިމާދޫގައި 500 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ މަހު ފަށާނެ: ރައީސް

25 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ހދ. ހަނިމާދޫގައި 500 ހައުސިން ޔުނިޓުގެ މަސަތްކަތް އަންނަ މަހު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހަނިމާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައިއެވެ.

ރައީސް ވިދާޅުވީ، ހައުސިން ޑިވެލޮޕްމެންޓް ކޯފަރޭޝަންއާއި ހަވާލުކޮށްފައިވާ މި މަޝްރޫއު ކުރިއަށް ގެންދާނީ، ވަކި ސަރަހައްދެއްގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށާއި، ގޯތީގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށް ކަމަށެވެ.

މި މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަބްދުﷲ ޒުހައިރެވެ. 

މި އެއްބަސްވުމުގެ ދަށުން ހދ.ހަނިމާދޫއަށް ހިޖުރަކުރާ އެ އަތޮޅު ހިރިމަރަދޫ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމާއި މުނިސިޕަލްގެ ހިދުމަތްތައް ގާއިމުކުރުމުގެ ކަންކަން ކުރެވިގެންދާނެއެވެ.

އާބާދީ ކުޑަވުމުގެ ސަބަބުން ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދުނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ.

ރައީސް ވިދާޅުވޮގޮތުގައި، ހިރިމަރަދޫގެ އިތުރުން އިތުރު ދެތިން ރަށެއްގައި މިގޮތަށް ހިޖުރަ ކުރަން ބޭނުންވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އާބާދީ އާއި ތަރައްގީ އެއްފަސްކުރާއިރު ސަރުކާރުގެ ވިސްނުމަކީ، އެކަމަށް އެދޭ ރަށްރަށުގެ ރައްޔިތުންނަށް އިސްކަން ދީގެން އެކަން ކުރުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު