ENGLISH

05 ނޮވެމްބަރު 2025

Advertisement

އައްޑޫ އަށް ރީނދޫ ސަމާލު ނެރެފި

25 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ރާއްޖޭގެ އެންމެ ދެކުނުން އަޑޫ ސިޓީއަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފައިވަނީ، މިއަދު ހެނދުނު 07:45 އިން ފެށިގެން 10:45 ގެ ނިޔަލަށެވެ. އެލާޓް ނެރެފައިވާ ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުރުރާނޭކަމަށް ވަނީ ލަފާކޮށްފައެވެ.

އިއްޔެ މި ފެށުނީ ހުޅަނގު މޫސުމުގެ 11 ވަނަ ނަކަތް ކަމަށްވާ "ފުރަ"ނަކަތެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނޭކަމަށް ނަކަތް ދަންނަ މީހުން ބުނެއެވެ.

އެގޮތުން މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނައިރު، ވައިޖެހޭނީ ޢާންމުކޮށް ހުޅަނގު އުތުރުންނެވެ. 

ކިޔުންތެރިންގެ ހިޔާލު