ENGLISH

05 ނޮވެމްބަރު 2025

Advertisement

ޤައުމީ ދުވަހަކީ އުންމީދުގެ ދުވަސް: ވަޒީރު އާދަމް ނަޞީރު

24 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް --

ޤައުމީ ދުވަހަކީ އުންމީދުގެ ދުވަސް ކަމަށާއި ނާއުންމީދާއި ދުރުވަން ވީދުވަސް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ ޤައުމު އަޅުވެތިވީ ވަގުތު އެ އަޅުވެތިކުރީ ކިހާވަރެއްގެ ބޮޑު ބާރެއްތޯއާ އަދި އެ ބާރާ ކުރިމަތިލެވިދާނެތޯ އުތީމު ތިންބޭން ނުބައްލަވާ ކަމަށެވެ. ނުވަތަ އެ ކަން ބެއްލެވިކަމުގައި ވިޔަސް، އެ ގޮތަށް ވިސްނުންފުޅު ބަހައްޓަވައި ފަސްޖެހިވަޑައިނުގަންނަވާ ކަމަށެވެ.

އޭގެ ބަދަލުގައި އިސްކުރެއްވީ މާތް الله އަށް އޮންނަ އިތުބާރު ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ހިތްޕުޅުގެ ވަރުގަދަ އީމާނާއި ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި އަދާކުރައްވަން ޖެހުނު ޒިންމާ އާއި ޤައުމީ ވާޖިބުކަން ވަޒީރު ފާހަގަ ކުރެއްވި އެވެ. އިތުރަށް ވިދާޅުވީ އެ ކަމަށް ޓަކައި ދެއްކެވީ ނުގުޑާނެ ޢަޒުމާއި ޙިކުމަތު ޢަމަލީ ކަމަށެވެ.

އެ މަތިވެރި ޖިހާދުގައި 15 އަހަރު ވީ އިރުވެސް މާޔޫސްކަމެއް ނެތްކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ހިތްވަރާއި ޢަޒުމާއި އިޚްލާޞްތެރިކަމާއެކު ދިގުމުއްދަތަކަށް ދެމިތިއްބެވުމުގެ ނަތީޖާއަކީ އެންމެ ފަހުން މާތް الله އެ އަބްޠާލުންގެ ޖިހާދަށް ނަޞްރުދެއްވުން ކަމަށެވެ. ދިވެހީންނަށް މިނިވަންކަމުގެ އުފާލިބުން ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ކަޅުއޮށްފުންމި ބެންނެވުމުގައްޔާއި، ޖިހާދުގެ އެކި މަރުޙަލާތަކުގައި ބޮޑުތަކުރުފާނު ކަންކަން ކުރެއްވި ހަރުދަނާ ގޮތްކޮޅުތަކުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް ބައްލަވާލައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު