ENGLISH

05 ނޮވެމްބަރު 2025

Advertisement

ރައީސް، ހަނިމާދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރީންނާއި ބައްދަލު ކުރައްވައިފި

24 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ރައީސް ހަނިމާދޫގެ އިސް ވެރީންނާއި ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިރޭ ހަނިމާދޫ ކައުންސިލް އިދާރާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ވޮލީ ކޯޓަކާއި ހަނިމާދޫ ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި ލެބޯޓްރީ ވަޞީލަތްތައް ޤާއުމުކުރުން ހިމެނެ އެވެ.

މީގެ އިތުރުން ރަށުގެ އިޤްތިސާދު ހަރުދަނާކުރުމަށް ކުރެވިދާނެ އެކި ކަންކަން ކައުންސިލުން ހުށަހަޅާފައިވެއެވެ. އެގޮތުން ގެސްޓް ހައުސް ނުވަތަ ރަށު ފަތުރުވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މިފަދަ މަސައްކަތްތަކަށް ލުއި ލޯނު ލިބޭނެ މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރަށުގައި ޑޮލަރު ނެގޭނެ ގޮތަކާއި އަލަށް ގެވަޅު ދޫކުރި ސަރަހައްދަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް އެ ސަރަހައްދަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު