ENGLISH
05 ނޮވެމްބަރު 2025
ހިރިމަރަދޫ ކުދިންނަށް ބޭނުންވާ ޖާގައާއެކު ހަނިމާދޫގައި ސްކޫލް އާ އިމާރާތެއް އަޅަން ހަވާލުކޮށްފި
24 އޯގަސްޓު 2025
|
ހަނިމާދޫ ސްކޫލުގެ އާ އިމާރާތް އަޅަން އެފްޑީސީއާ ޙަވާލުކުރުން. ފޮޓޯ: ރައީސް އޮފީސް
ހދ. ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައިވާ ހދ. ހިރިމަރަދޫގެ ކުދިންނަށް ބޭނުންވާ ޖާގައާއެކު، ހަނިމާދޫގައި ސްކޫލް އާ އިމާރާތެއް އަޅަން ޙަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރޭ ހަނިމާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ރަސްމިއްޔާތުގައި، ސްކޫލް އާ އިމާރާތް އަޅަން ޙަވާލުކުރީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ އެވެ.
އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، ޙުސައިން ސަޢީދު މުޙައްމަދެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރައްޒާނެވެ.
ހަނިމާދޫގައި ބިނާކުރާ އާ ސްކޫލް އިމާރާތާއެކު އުމްރާނީ ވަޞީލަތް ތަރައްޤީކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އާ އިމާރާތުގައި 8 ކްލާސްރޫމާއި ސައިންސް ލެބަކާއެކު އެހެން ހުރިހާ ފެސިލިޓީއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސްކޫލް އާ އިމާރާތާއެކު ކުރިއަށް އޮތް ގިނަ އަހަރުތަކަކަށް ޖާގައިގެ މައްސަލަ ޙައްލުވެގެންދާނެ ކަމަށެވެ.
ހަނިމާދޫގެ ތަޢުލީމާ ގުޅޭގޮތުުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އާ އިމާރާތް ބޭނުންކުރަން ފެށުމާއެކު، އެމްއެންޑީއެފުން މިހާރު ބޭނުންކުރާ އިމާރާތް ހަނިމާދޫގައި މަތީ ތަޢުލީމުގެ މަސައްކަތަށް ޚާއްޞަކުރަން ގަސްތުކުރައްވާ ކަމަށެވެ.
ހިރިމަރަދޫގައި އާބާދީ މަދުވެ އެރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ސަރުކާރުތަކުގައި އެދުނުތާ ގިނަ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. ހިރިމަރަދޫ ރައްޔިތުންގެ ހުށަހެޅުމާ އެއްގޮތަށް ހދ. ހަނިމާދޫއަށް އެރަށު ރައްޔިތުން ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަހަރުގެ ފެބްރުވަރީ މަހުއެވެ.
ހަނިމާދޫއަށް ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކައި، ބޯހިޔާވަހިކަމުގެ މަސައްކަތް ނިންމުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ސަރުކާރުން މިހާރު ވަނީ ޙަވާލުކޮށްފައެވެ.