ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

މިއަހަރުގެ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބުނު ހަމައެކަނި ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް

24 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

ޤައުމީ ދުވަހުގެ މުނާސަބަތުގައި ހިތްވަރުދިނުމުގެ ޤައުމީ އިނާމު އުރީދޫ މޯލްޑިވްސްއާ ހަވާލުކުރައްވަނީ. --ފޮޓޯ: އުރީދޫ މޯލްޑިވްސް

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މި އަހަރު ހޯދި ހަމައެކަނި ކުންފުނީގެ ޝަރަފު އުރީދޫ މޯލްޑިވްސް އިން ހާސިލްކޮށްފިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި، މި އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އުރިދޫގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގެންނެވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު، ޚާލިދު އަލް ހަމާދީ އެވެ.

ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމުގެ ދާއިރާ އިން އުރީދޫ އަށް ހިތްވަރުދިނުމުގެ އިނާމު ލިބުނުއިރު، އެ ކުންފުނިން މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ޓެލެކޮމިއުނިކޭޝަންގެ އިތުރުން ޑިޖިޓަލް ޚިދުމަތްތަކާއި، މުޖުތަމަޢުތައް ބާރުވެރިކުރުމުގެ ގޮތުން ޤައުމީ ތަރައްޤީ އަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ހިތްވަރުދިނުމުގެ ޤައުމީ އިނާމު އުރީދޫ މޯލްޑިވްސްއާ ހަވާލުކުރައްވަނީ. --ފޮޓޯ: އުރީދޫ މޯލްޑިވްސް

ދެހާސް ފަސްވަނަ އަހަރު ވަތަނިއްޔާގެ ނަމުގައި ފެށި މޮބައިލް އޮޕަރޭޓަރެއްގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏަކަށް ބަދަލުވެ، ކަނެކްޓިވިޓީ، ފިންޓެކް، އީ-ކޮމާސް އަދި 5ޖީ ޓެކްނޮލޮޖީގެ ދާއިރާއިން އުރީދޫން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

މިކާމިޔާބީއާ މެދު އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ޙަމާދީ ވިދާޅުވީ، މިފަދަ ތާރީޚީ މުނާސަބަތެއްގައި ހިތްވަރުދިނުމުގެ ޤައުމީ އިނާމު އުރީދޫ މޯލްޑިވްސްއަށް ލިބުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ހިތްވަރުދިނުމުގެ އިނާމުދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އުރީދޫ މޯލްޑިވްސް

"މިކަމުން ދައްކުވައިދެނީ މުވައްޒަފުންގެ އަޒުމާއި، ކަސްޓަމަރުންގެ އިތުބާރާއި، ދިވެހި ރައްޔިތުންނަށް މަންފާއާއި ލާބައަށް އަޅުގަނޑުމެން ދެމުންދާ އަހައްމިއްޔަތުކަން. ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް މަސައްކަތް ކުރާއިރު އިނޮވޭޝަނާއި އިންކްލޫސިވިޓީ ޕްރޮމޯޓް ކުރުމުގައި ދެމިތިބޭނަން،" ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއަކީ ޑިޖިޓަލް އެމްޕަވަރމަންޓް އެންޑް އިނޮވޭޝަން ތަމްސީލުކުރާ، މުޅި ރާއްޖޭގެ އާބާދީގެ %80 އަށް 5ޖީ ފޯރުކޮށްދީ، އޭއައި ޚިދުމަތްތަކާއި، ފައިނޭންޝަލް ޓެކްނޮލޮޖީ ސޮލިއުޝަންތަކާއި، އުރީދޫ ފަން ރަން، މަސްރޭސް، އަދި ގްރޯ ވިތު އުރީދޫ ފަދަ މުޖުތަމަޢުގެ ފާހަގަކޮށްލެވޭ ހަރަކާތްތައް ހިމެނޭ، ދިރިއުޅުން ކުރިއެރުވުމަށާއި ވަކި ވަކި ފަރުދުންނާއި މުޖުތަމަޢު ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު