ENGLISH
05 ނޮވެމްބަރު 2025
ރައީސް ފިނޭ ކައުންސިލާއި މުއައްސަސާތަކުގެ ވެރީންނާއި ބައްދަލުކުރައްވައިފި
24 އޯގަސްޓު 2025
|
ރައީސް ފިނޭ ކައުންސިލާއި ބައްދަލު ކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ފިނޭ ކައުންސިލް އިދާރާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ބަނދަރުގެ މަޝްރޫޢު ކުރިއަށްދިޔަ ނަމަވެސް އައު ބަނދަރު އިތުރަށް ބޮޑުކުރުމަށް ރައްޔިތުން ބޭނުންވާ ކަމަށާއި މިހާރު ބޭނުން ކުރަމުންދާ ބަނދަރަށް ވެސް ބަދަލުތަކެއް ގެނައުން ހިމެނެއެވެ.
އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށާއި ރަށު ސްކޫލްގެ ޖާގައިތުރުކުރުމުގެ ގޮތުން ރީލޮކޭޓް ކުރުމަށް ބޭނުންވާކަން ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ރަށުގެ ޓޫރިޒަމް ޒޯނާއި އަލަށް މީހުން އާބާދުވި ސަރަޙައްދުތަކަށް ކަރަންޓް ކޭބަލް އެޅުމުގެ މުހިންމުކަށް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި އެވެ. އަދި އެރަށުގެ ކައުންސިލް އިދާރާގައި ހުރިދަތިކަން ހައްލުކުރުމުގެ ގޮތުން ކައުންސިލަށް އައު ޢިމާރާތެއް ބޭނުންވާކަން ވެސް ކައުންސިލަރުން ފާހަގަކުރެއްވި އެވެ. ޓަރފް ދަނޑު ބައުވެ ބޭނުން ނުކުރެވޭވަރުވެފައި ހުރުމުން އެ ރަށުގެ ޒުވާނުންނަށް އެންމެ ޒަމާނީ ފުޓްސަލް ދަނޑެއް އަޅުއްވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވި އެވެ
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާ ކުރައްވާފަ އެވެ.