ENGLISH
05 ނޮވެމްބަރު 2025
ސަޤާފީ ތަރިކައިގެ އަގުވަޒަން ކުރުމުގެ ގޮތުން އެމްއޭސީއެލްގެ މުވައްޒިފުން މިއަދު ޤައުމީ ހެދުމުގައި
24 އޯގަސްޓު 2025
|
އެމްއޭސީއެލްގެ މުވައްޒިފުން މިއަދު ޤައުމީ ހެދުމުގައި
ސަޤާފީ ތަރިކައިގެ އަގުވަޒަން ކުރުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ މުވައްޒިފުން މިއަދު ޤައުމީ ހެދުމުގައި ރަސްމީ މަސައްކަތަށް ނިކުމެއްޖެ އެވެ.
އެ ކުންފުނިން ބުނީ ހުރިހާ މުވައްޒިފުން ވެސް މިއަދު މަސައްކަތަށް ނިކުތީ ޤައުމީ ހެދުމުގައި ކަމަށެވެ. އެއީ މިއަދު ފާހަގަކުރާ ޤައުމީ ދުވަހާއި ގުޅުވައި ސަޤާފީ ތަރިކައިގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.
އެމްއޭސީއެލް އިން ވަނީ މުވައްޒިފުން ޤައުމީ ހެދުމުގައި މަސައްކަތުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތައް އާންމުކޮށްފަ އެވެ. އަންހެން މުވައްޒިފުން ތިބީ ދިގު ހެދުމުގަ އެވެ. ފިރިހެން މުވައްޒިފުން ފޭއްޔާއި ޓީޝާޓް އަދި ފެން ފައިވާނުގަ އެވެ.
އެއާޕޯޓުން ޚިދުމަތް ހޯދި ފަސިންޖަރުންނަށް އެ މުވައްޒިފުން ޚިދުމަތް ދިނީ ޤައުމީ ހެދުމުގައި ތިބެ އެވެ.
މިއަދަކީ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދުވަހެވެ. ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މިއަދު ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތާއި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ވަނީ ބާއްވާފަ އެވެ.
މީގެ އިތުރުން ޤައުމީ ދުވަހާއި ގުޅިގެން ސިފައިންގެ ޚާއްސަ ހިނގާލުމާއި ޕެރޭޑް ވަނީ ކުރިއަށް ގެންދަވާފަ އެވެ.