ENGLISH

05 ނޮވެމްބަރު 2025

Advertisement

ފިނޭ ރައްޔިތުންނަށް ރައީސް ދެއްވީ ސްކޫލު ރީލޮކޭޓް ކުރަން ޕްލޭންތައް ތަރުތީބު ކުރައްވާނެ ކަމުގެ ޔަގީންކަން

24 އޯގަސްޓު 2025

|

ޝާމަ ޝުޢައިބު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ހދ. ފިނޭ ރައްޔިތުން އެދޭ ގޮތަށް، އެ ރަށު ސްކޫލް ރީލޮކޭޓް ކުރުމަށްޓަކައި ހަދަންޖެހޭ ޕްލޭންތަކާ ބަޖެޓުގައި ހިމަނަން ޖެހޭ ކަންކަން ރޭވުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. 

ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ފިނޭ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެ ރަށު ސްކޫލް ރީލޮކޭޓް ކުރުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަން ކައުންސިލުން ހާމަކޮށްފައިވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަން ކުރުމަށް މިހާތަނަށް ސަރުކާރުން ޕްލޭން ކޮށްފައި ނެތް ނަމަވެސް އަންނަ އަހަރު އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި ހިމަނަން ޖެހޭ ކަންކަން ބަޖެޓުގައި ހިމަނާ، ޕްލޭން ހެދުމަށް ބޭނުންވާ ކަންކަން ތަރުތީބު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ފިނޭގައި މިހާރު ކުރިއަށްދާ އެންމެ މުހިއްމު އަދި އެންމެ ބޮޑު މަޝްރޫއަކީ އެ ރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ހުރިކަން ރައްޔިތުން ހިއްސާކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަން އެގޮތައް، ރައްޔިތުންގެ މަޝްވަރާއާއެކު، މިނިސްޓްރީ މެދުވެރިކޮށް ކުރައްވާނެ ކަމަށެވެ. 

އޭގެ އިތުރުން، މަގު ހެދުމުގެެ މަޝްރޫއުއާ، ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތުގެ އިތުރުން ކަރަންޓު އަޕްގްރޭޑް ކުރުމަށް ބޭނުންވާ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރުން އެ ރަށަށް ބޭނުންވާ ތަރައްގީގެ އެކި ޕްރޮޖެކްޓުތައް ހުއްޓުމެއްނެތި، ތަރުތީބުވެގެން ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު