ENGLISH
03 ސެޕްޓެމްބަރު 2025
ގައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އުތީމަށް
24 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ގައުމީ ދުވަހުގެ ހާއްސަ އިހުތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހއ.އުތީމަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ.
މިއަދު ހެނދުނު 10:00 ގައި އުތީމުގައި ބާއްވާ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ދެމަފިރިކަނބަލުންގެ އިތުރަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް އެ ރަށަށް ވަޑައިގެންނެވިއެވެ.
މިއަދުގެ ޖަލްސާގައި އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެކަމަށް ދޭ އަހައްމިއްޔަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ރައީސްވަނީ ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ޝަަރަފު އުތީމު ރައްޔިތުންނަށް އަރުވަން ނިންމަވާފަައެވެ.
ރައީސް ޑރ.މުޢިއްޒު ޝަރަފުވެރިކޮށްދެއްވާ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމު އަރުވާނެއެވެ.
ތިން ބޭފުޅަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވަން ނިންމާފަައިވާއިރު، އެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ އެ ބޭފުޅާގެ ހަނދާނަށެވެ.
އަދި ހިތްވަރުދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކާއި ކުންފުންޏަކަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި އަހަރުގެ ގައުމީ ދުވަސް އެ ރަށަކަށް ގައުމީ ދުވަހުގެ ބަތަލު އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޡަމް ނިސްބަތްވެވަޑައިގަންނަވާ އުތީމު މި އަހަރުގެ ގައުމީ ދުވަހާ ގުޅިގެން ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ރީތިކޮށްފައިވެއެވެ.