ENGLISH
03 ސެޕްޓެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ ގައުމީ ދުވަހުގެ ހަރަކާތްތައް ފައްޓަވައިދެއްވައިފި
24 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގައުމީ ދުވަހުގެ ހަރަކާތްތައް ފައްޓަަވައިދެއްވަައިފިއެވެ.
އެގޮތުން، ރައީސްގެ ދެކަނބަލުން މިއަހަރުގެ ދިދަ ނެންގެވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ، ޖުމްހޫރީ މައިދާނުގައިއެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު މާލޭއާއި ރަށްރަށުގައި ބޭއްވީ މިއަދު ހެނދުނު 6:00 ގައެވެ. ދިދަ ނެގުމަށްފަހު، ޚާއްސަ ދުޢާއެއް ކުރުން އޮތެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ އެއް ވަނަ ދުވަހުއެވެ.