ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ކަނދުފައްޗެއް ދ. އަތޮޅުގައި އަޅައިފި

23 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

ކުޑަހުވަދޫ ކަނދުފަތި އެޅުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ

ދ. މާފުށީގެ ބޭރުގައި ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ވަދު ކަނދުފައްޗެއް ޤާއިމުކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ދ. ކުޑަހުވަދޫގެ މި ވަދު ކަނދުފަތި އަޅާފައިވަނީ، ދ. މާފުށީގެ ހުޅަނގު ދެކުނުން 6 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ނަންބަރަކީ، K08V03 އެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

މި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތު ވަނީ އަޅައިފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ވަދު ކަނދުފައްޗެވެ.

ދ. މާފުށީގެ ބޭރުގައި ޤާއިމުކޮށްފައިވާ ކަނދުފަތި އޮތް ސަރަހައްދު. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ

އެގޮތުން، ރަށްރަށުގެ ވަށައިގެން ތިން މޭލާއި ހަ މޭލާއި ދެމެދުގެ ދުރުމިނުގައި ގާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތި އަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ. މިކަނދުފަތިތައް ހުންނަނީ ފަސޭހައިން ފެންނަ ގޮތަށް ރީނދޫ ކުލައިގައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތާރީޚަށް ބަލާއިރު ވަދު ނަނުގެ މަސްވެރިކަމަކީ ދިވެހި މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާކުރި މަސްވެރިކަމެކެވެ. 


ކިޔުންތެރިންގެ ހިޔާލު