ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ޤައުމީ ދުވަހާ ގުޅިގެން ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ މާލޭގައި

23 އޯގަސްޓު 2025

|

ޢަލީ ޝަހީމް

މާދަމާ ފާހަގަކުރާ ޤައުމީ ދުވަހާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ އޮންނާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ. 

ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު އޮންނާނީ މާލޭގައެވެ. ހިނގާލުން ފެށޭނީ ހަވީރު 4:30 ގައެވެ. 

ސިފައިންގެ ހިނގާލުން އާއްމުކޮށް ބާއްވާ ބޮޑެތި މަގުތަކުގައި އޮންނާނެކަމަށް އެމްއެންޑީއެފްއިން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ. 

އެމްއެންޑީއެފުން ވަނީ ހަވީރު ފަށާ ޝަރަފުގެ ހިނގާލުން ހުއްޓާ ސަރަޙައްދުތައް ވެސް އާއްމުކޮށްފައެވެ. އެގޮތުން ޝަރަފުގެ ހިނގާލުމުގެ ތެރެއިން ސިފައިންގެ ލަޝްކަރު ހުއްޓާނީ، ސޯސަންމަގު ދިވެހި ބަހުގެ އެކަޑެމީ ކުރިމަތީގެ އިތުރުން މަޖީދީމަގު / ޗާންދަނީ މަގުގެ ހަތަރު އަނގޮޅި ކަންމަތި އަދި މަޖީދީ މަގު / މިލިއަން ބުކްޝޮޕް ކުރިމަތީގެ އިތުރުން ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އިތުރު ކަންމަތީގައެވެ. 

ސިފައިންގެ ޝަރަފުުގެ ހިނގާލުމުގައި، ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އެގޮތުން ސިފައިންގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅުމާއެކު އިތުރު ހަރަކާތްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްވެސް ރަބީޢުލްޢައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ އުތީމުގައެވެ. އެގޮތުން ޤައުމީ ދުވާހާ ގުޅިގެން ބާއްވާ ޚާއްސަ ރަސްމިއްޔާތު މާދަމާ އުތީމުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު