ENGLISH
03 ސެޕްޓެމްބަރު 2025
އިތުރު ފަސް ރަށެއްގައި އޭ-ލެވެލްއަށް ކިޔަވައިދޭން ފަށަން ތައްޔާރުވަނީ
23 އޯގަސްޓު 2025
|
މާލޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެއްގެ ދަރިވަރުން
އިތުރު ފަސް ރަށެއްގަައި އޭ-ލެވެލް ނުވަތަ މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.އަޙްމަދު މުޙައްމަދު ވިދާޅުވެފައިވަނީ، ކުރިން މަތީ ސާނަވީއަށް ކިޔަވައިނުދޭ ފަސް ރަށެއްގައި އަންނަ އަހަރުން ފެށިގެން މަތީ ސާނަވީއަށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފަައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ރަށްރަށަކީ މި އަހަރުގެ ސާނަވީ އިމްތިހާނުގައި އެ ރަށްރަށުގެ ސްކޫލުތަކުން އިމްތިހާނުގައި ބައިވެރިވި ގިނަ ދަރިވަރުން ރަނގަޅު ނަތީޖާތަކެއް ހާސިލުކޮށްފައިވާ ރަަށްތައް ކަމަށެވެ.
ރާއްޖޭގައި މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުން އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. އަދި ގިނަ ރަށްތަކެއްގައި މަތީ ސާނަވީ ފެށުމަކީވެސް މި ސަަރުކާރުން ކުރަމުން އަންނަ މަސައްކަތެކެވެ.
އެގޮތުން މި ފަސް ރަށުގެ ދަރިވަރުން މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާނަމަ ރަށުގައި ތިބެގެން މަތީ ސާނަވީއަށް ކިޔެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ޑރ.އަޙްމަދު ވިދާޅުވިއެވެ.
މަތީ ސާނަވީ ފުރިހަމަކުރާ ދަރިވަރުން އިތުރުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަތީ ސާނަވީއަށް ވަދެވޭ އޮޅިގަނޑު ތިރިކޮށް، ހަތަރު މާއްދާ ނުވަތަ ތިން މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް މަތީ ސާނަވީ ފުރިހަމަަކުރެވޭ ގޮތަށް ހަމަޖައްސާފައިވެއެވެ.
އަންނަ އަހަރު އަލަށް މަތީ ސާނަވީ މަރުހަލާ ފަށާ ސްކޫލުތަކަކީ ކޮބައިކަން މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަނުކުރެއެވެ.