ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު އުތީމު ރައްޔިތުންނަށް ދެއްވަން ރައީސް ނިންމަވައިފި

23 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

އުތީމު ގަނޑުވަރު ބެލެހެއްޓުމުގެ މަސައްކަތް ޒަމާނުއްސުރެ ކުރަނީ އުތީމު ރައްޔިތުން، ފޮޓޯ: ސަން

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު ހއ.އުތީމު ރައްޔިތުންނަށް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. 

ދިވެހިރާއްޖޭގެ ގައުމީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ތުއްޕުޅު ދުވަސްވަރާއި ޒުވާން އުމުރުފުޅުގެ ބޮޑު ބައެއް ދިރިއުޅުއްވި އުތީމު ގަނޑުވަރު ހުންނަނީ އެ ރަދުން އެ ރަށަކަށް ނިސްބަތްވެވަޑައިގަންނަވާ އުތީމުގައެވެ. އެ ރަށު ރައްޔިތުން އަންނަނީ ޒަމާނުއްސުރެ އެ ގަނޑުވަރު ބެލެހެއްޓުމުގެ މަސައްކަތް ވަރަށް ފަރުވާތެރިކަމާއެކު ކުރަމުންނެވެ. 

އުތީމުގެ ރައްޔިތުންނަށް ގައުމިއްޔަތަަށް ހިދުމަތްކުރުމުގެ ޝަރަފު އެރުވުމަށް ރައީސް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި އުތީމު ރައްޔިތުން އަދާކުރި ދައުރާއި، އެކަމަށް އެ ރަށު ރައްޔިތުން ބެހެއްޓި އަހައްމިއްޔަތުގެ އަގު ސަރުކާރުން ވަަޒަންކުރުމުގެ ގޮތުންނެވެ. އަދި ސަރުކާރުން ފާހަގަކުރި ގޮތުގައި އެ ރަށުގެ ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކު އުތީމު ގަނޑުވަރަށް 500 އަހަރު ވެފައިވެއެވެ. 

މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ އުތީމުގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މާދަމާ ހެނދުނު 10:00 ގައި އެ ޖަލްސާ އޮތީމުގައި އޮންނާނެ އެވެ. 

އެ ރސްމިއްޔާތުގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމު އަރުވާނެއެވެ. ތިން ބޭފުޅަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމ އަރުވާއިދު އެއިން އެއް ބޭފުޅަކަށް އެ އިނާމު އަރުވަނީ އެ ބޭފުޅެއްގެ ހަނދާނަށެވެ. އަދި މި އަހަރު ނުވަ ބޭފުޅަކަށް ގައުމީ ލިބިވަޑައިގަންނަވާނެއެވެ. އަދި އެއް ކުންފުންޏަށް އެ އިނާމު އަރުވާނެއެވެ. 

ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ކަނޑައަޅުއްވާފަައިވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު