ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ކާށިދޫ އާއި ފުލިދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފި

22 އޯގަސްޓު 2025

|

ހަސަން އާމިރު

ކ. ކާށިދޫ ޞިއްޙީ މަރުކަޒުގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތާއި ވ. ފުލިދޫ ޞިއްޙީ މަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މި ދެ ރަށުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް އަބްދުﷲ އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި އެ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކާށިދޫ ޞިއްޙީމަރުކަޒުގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތުގެ އަގަކީ 7.1 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތް 240 ދުވަސްތެރޭ ނިންމަން ޖެހެ އެވެ.

މި މަސައްކަތުގެ ދަށުން ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަނެއް ހަދާނެ އެވެ.

ފުލިދޫ ޞިއްޙީމަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތުގެ އަގަކީ 27 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތް 360 ދުވަސްތެރޭ ނިންމަން ޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު