ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ޢަބްދުއްރަޙްމާން މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުން ބަންދަށް

22 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ޢަބްދުއްރަޙްމާން މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުން ވަނީ ބަންދު ކޮށްފައި

އއ. މާޅޮހުގައި ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ، އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) މާރަލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެ ތިން މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ މުހައްމަދު ވިސާމް (22އ) އއ. މާޅޮސް / ލިލީފެހި އާއި އަހްމަދު ފާރިސް (27އ) އއ. މާޅޮސް / ފިނިވާގެ އަދި އަހްމަދު އާޝިދު (27އ) - އއ. މާޅޮސް / ފިޔަ އެވެ.

އެ ތިން މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވިސާމްއާ ފާރިސްގެ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ. އާޝިދުގެ ބަންދަށް ދިނީ ފަސް ދުވަހެވެ.

ޢަބްދުއްރަޙްމާންގެ މަރުގެ މައްސަލައިގެ ތަޙްޤީގުގައި ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ތިން މީހެއްގެ ގެ ބަލައި ފާސްކޮށް، އަންނައުނު ގެންގޮސްފައިވެއެވެ.

ޢަބްދުއްރަޙްމާންގެ މަރުގެ މައްސަލަ ރިޕޯޓްކުރި ހިސާބުން ފެށިގެން ފުލުހުން ގެންދަނީ އެރަށުގައި ތަހުޤީޤު ހިންގަމުންނެވެ. މާޅޮހަކީ ދާއިމީކޮށް ފުލުހުން ތިބޭ ރަށެއް ނޫނެވެ. އެކަމަކު ޢަބްދުއްރަޙްމާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް އެރަށުގެ ޞިއްޙީ މަރުކަޒުގެ ބައެއްގައި ސްޓޭޝަންވެ އަންނަނީ މަސައްކަތްކުރަމުންނެވެ. 

ތަހުގީގު ފެށިފަހުން ފުލުހުން ވަނީ ޢަބްދުއްރަޙްމާންގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެކަމަކު އެ ފޯނު އަނބުރާ ނާޒިމާއާ މިހާރު ވަނީ ޙަވާލުކޮށްފައެވެ. 

ގޭގައި ނިދާފައި އޮއްވާ ޖުލައި 12 ވަނަ ދުވަހުގެ ރޭ ދަންވަރު ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އެރޭ ފަތިހުއެވެ. 

ކިޔުންތެރިންގެ ހިޔާލު
22 އޯގަސްޓު 2025

ޙފ ·

Thank you